ހެލެން ކެލަރ ގާތު، ލޮލަށް ނުފެނުމަށްވުރެ ދެރަ ކަމެއް ވޭތޯ މީހަކު ސުވާލުކުރި... އޭނާ ޖަވާބުދިން... އެއްވެސް ތަސައްވަރެއް ނެތި ލޮލަށް ފެނުމަކީ ލޮލަށް ފެނުމަށްވުރެ ދެރަ ކަމެއް.
މިއަދުގެ މައްސަލަތަކަކީ، އިއްޔެގެ ދުރުވިސްނުމެއް ނެތް ހައްލުތަކުގެ ނަތީޖާ.
ވަރަށް ގިނައިން މީހުން ބުނާ އަޑު އިވޭ، އަހަރެމެންނަކީ ޅަ ޑިމޮކްރަސީއެކޭ... އަހަރެމެން ހެދި ބޮޑުވާން ވަގުތު ބޭނުންވެޔޭ...މިއީ ބޮޑު ވުމުގެ ވޭނޭ...
މީގެ އެންމެ ދަރަކަމަކީ، މިއީ އަސްލު ބޮޑު ނުވުމުގެ ވޭން ކަމަށް ވާކަން. އަހަރެެމެން ތުއްތު އިރު ކެންސަރު ޖެހިއްޖެނަމަ، އަހަރެމެންނަކަށް ޒުވާންކަމެއް ނުފެންނާނެ.
ބައެއް މީހުންނަކީ ބިނާކުރުވަނި ފާޑުކިޔުމުން އެހީ ހޯދުމަށް ވުރެ، ދޮގު ތަޢުރީފުން ހަލާކު ހޯދުން ކަމުދާ މީހުން. ފާޑުކިޔުމަކީ، ފާޑުކިޔާ މީހާއަށް ވޭން އިހުސާސްކުރެވޭ ކަމަކަށް ވާހާ ހިނދަކު، ބިނާކުރުވަނިވި ފާޑުކިޔުން ދިނުމުގެ ޙައްޤު އޭނާއަށް ލިބިގެންވޭ. އެހެންނަމަވެސް، ފާޑުކިޔުމަކީ، ފާޑުކިޔާ މީހާއަށް ހިތްހަމަޖެހުން ލިބޭ ކަމަކަށް ބަދަލުވާ ވަގުތުން ފެށިގެން، އޭނާއަށް ފާޑުކިޔުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ.
No comments:
Post a Comment